ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މާދަމާރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"ފޭރާން" މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާރޭ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް ވަރަށްބޮޑު އެދުމެކެވެ. އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި ދަރުސް "ދާރިސް ޓީވީ" އިން ލައިވްވެސް ކުރާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ.