ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 15:50 ހާއިރުއެވެ. ހިޔާ ޓަވަރު 8 ގައި ހިނގި މި ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އިޝްތިހާރު އިޝްތިހާރު

މައުލޫމާތު ލިބިފައިވާގޮތުގައި އަނިޔާ ލިބިފައި ވަނީ ދިވެއްސަކަށެވެ. އޭނާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.