ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުހުލާގީ އަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ އަންހެނަކާއި ފިރިހެނަކު ހިޔާ ޓަވަރެއްގެ ބެލްކަނީގައި އިން ގޮނޑިއެއްގައި ތިބެ ބަދުއަގުލާގީ އަމަލު ހިންގާ މަންޒަރެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެން މީހާ ހުރީ ހުސް ގަޔާ ބޮކްސާއެއް ލައިގެންނެވެ. އަންހެން މީހާ ހުރީ ރަތްކުލައިގެ ޓޮޕެއް ލައިގެން ތިރިން ސޯޓު ބުރިއެއް ލައިގެންނެވެ.

އެނގިފައިވާ ގޮތުގައި ބަދުއަހުލާގީ އަމަލު ހިންގީ ހިޔާގެ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށްވަނީ އައިސްފައިވާ ކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު