ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރަށުގެ ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް: ރައީސް

444130 424a963b c
TTH_Ads
STO_Ads
Maldivian_Ads
Advertisement

ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަންކުރެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ބިން ބޭނުންކުރުމަށްޓަކައި ހައްދަވާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގުޅީގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން، ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިއަދުގެ ރަސްމިއްޔާތުގައި، ކ. ގުޅި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުވެސް، ބިންހިއްކުމުގެ މަޝްރޫޢު ފަދައިން ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގުޅީގެ ރައްޔިތުންނަށް ދެއްވާފައެވެ.

ހަމަ މިއާއެކު، ފަތުރުވެރިކަމަށް ކ. ގުޅިން ދޫކޮށްފައިވާ ބިމާ ގުޅިގެން އުފެދިފައިވާ މައްސަލައަށް، ރައްޔިތުން އެދޭ ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ، އެކަން ކުރައްވާނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން، ދަޢުލަތަށްވެސް ބުރަނުވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކ. ގުޅީގެ ތަރައްޤީއަށް ކުރަންހުރި ކަންކަމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަންތައްތަކެއް ކަމަށާ، ހަމަ މިފަދައިން ރާއްޖޭގެ ކޮންމެ ރަށެއްގައި ކަންކަން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެވީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެންނެވެ. 630 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ނިމުން ފާހަގަކުރެވިގެންދިޔައިރު ކ. ގުޅިއަށް 10.15 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ނިންމަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖެހުން ހިމެނެއެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވަނީ ގުޅި ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

އެމް.ޓީ.ސީ.ސީއާއެކު މިއަދު ސޮއިކުރެއްވި، ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުއްދަކީ 530 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Aebded5e f2d5 4b0c 9562 8d6802334f39

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢޫގައި މިހާރު ކުރިއަށްދަނީ ފުންކުރުމުގެ މަސައްކަތް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް