ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިޖިޓަލައިޒްވުމާއެކު އިމިގްރޭޝަން ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: އިޙްސާން

TTH_Ads
STO_Ads
Advertisement

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު، ބިދޭސީންގެ އައިޑީ ދެނެގަތުމާއި ޕާސްޕޯޓް ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޢަލީ އިޙްސާން މިހެން ވިދާޅުވީ، މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކުރައްވާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، ކަނޑައެޅިފައިވާ މުއައްދަތުގެ ތެރޭގައި ހުރިހާ މުއައްސަސާއެއްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންދާއިރު، އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އައިސް، ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާ ހެއްދުން ފަދަ ޚިދުމަތްތައް ވަރަށް ބޮޑަށް ފަސޭހަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ވަޒީރު އިޙްސާން ވިދާޅުވީ، “އައިޑީ ޗެކަރ” ގެ ނަމުގައި ތަޢާރަފްކުރެވޭ އެޕްލިކޭޝަނަކީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ފަދަ ތަންތަނަށްވެސް އެކްސެސް ދެވޭނެ އެޕްލިކޭޝަނެއް ކަމަށެވެ. މީގެ ކުރިން ރަށްރަށުގައި ތިބޭ ކައުންސިލްތަކުން ބިދޭސީންގެ ސައިޓް މޮނިޓަރކުރާއިރު، އެ މީހުންނަކީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ މަގެއް ނެތް ކަމަށާއި، ނަމަވެސް މިކަންކަމަށް ޑިޖިޓަލައިޒްވުމާއެކު ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބައެއްފަހަރު ބިދޭސީން ނިޔާވެގެން ހޮސްޕިޓަލަށް ގެންދާއިރު، ނުވަތަ ބޭސްފަރުވާގެ ޚިދުމަތް ހޯދާއިރު އެއީ ކާކުކަން ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. މިކަމަށް އެތައް ވަގުތެއް ހޭދަވި ނަމަވެސް، މިހާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކާކުކަން ދެނެގަނެވުމުގެ މަގު މި ޑިޖިޓަލައިޒޭޝަންގެ ސަބަބުން ފަހިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

HNU6lNGakAAEG6V

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ

bidheyseen

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި

Igmh

މާލޭގެ 9 ކެފޭއަކުން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި