ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން 241 ކޮމިޓީން ރައީސަށް ލަފާއަރުވައިފި

Ii
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގަ އެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.

HajjCop_ads
Advertisement

ނަމަވެސް މަހުމޫދު ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވުމުން 241 ކޮމިޓީން އިތުރަށް އެ މައްސަލަ ބެލީ އެވެ. އެހެންވެ، ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު، ނިންމީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާއަރުވާށެވެ.

ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު ވެސް އޭނާގެ ދިފާއުގައި ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ރިޔާޒު ވިދާޅުވެފައި ވަނީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.

“މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،” މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.

މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަން ކުރެއްވި އަބްދުﷲ ޝަރީފާއި މިހާރު ވެސް ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.

ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.

ނަމަވެސް އަބްދުﷲ ވަހީދުގެ ބައިވެރިވުން އޮތް ކަމަށް ޔަގީން ކުރެވޭތީ އެ މައްސަލަ ކޮމިޓީން އިތުރަށް ނުބަލަން އެ ކޮމިޓީން ވަނީ ނިންމާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 27 at 16.40.49 (1)

ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއިކޮށްފި

Shujaau

އަމިއްލަ ބޭނުމަށް ދުންފަތް އެތެރެކުރުމުގައި ފަތުރުވެރިންނަށް ދީފައިވާ ލުއިތައް ދިވެހިންނަށް ވެސް ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

Geealaa

މުދާ އައުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމަކުން އެމްއޯއައިއެއްގައި ސޮއިކޮށްފި

customs

ކަސްޓަމްސްގެ އޮފިސަރުގެ ވަޒީފާއަށް 26 މީހުން ހޯދަން އިއުލާނުކޮށްފި