ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިންގެ ތެރޭގައި މަގުބޫލު ހާބަލް އިންހޭލާއެއް ތައިލެންޑުން މަނާކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ފެހި ކުލައިގެ ފުޅިއެއްގައި ހުންނަ ‘ހޮންގް ތައި ފޯމިއުލާ 2 ހާބަލް އިންހޭލާ’ގެ ބެޗެއް ތަގައްޔަރުވުމުން ތައިލެންޑުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެ ބޭސްފުޅިތައް ފިހާރަތަކުން ނަގަން އަންގައިފި އެވެ. އެފްޑީއޭ އިން ކުރި ޓެސްޓްތަކުން ދައްކައިދީފައިވަނީ މި ބޭސްފުޅީގައި ރައްކާތެރި މިންވަރަށް ވުރެ ބޮޑަށް ‘މައިކްރޯބިއަލް ކޮންޓެމިނޭޝަން’ ހުރިކަން ކަމަށެވެ.

9 ޑިސެމްބަރު 2024ގައި އުފައްދާފައިވާ ޕްރޮޑަކްޝަން ނަމްބަރު 000332ގެ ބެޗުގައި 200،000 ފުޅި ހިމެނޭއިރު، އެއީ ހަމައެކަނި ތައިލެންޑުގައި ވިއްކާފައިވާ ބެޗެއް ކަމެއް ކުންފުނިން ޔަގީން ނުކުރެ އެވެ. ހޮންގް ތައި ހާބަލް އިން ބުނީ އެފްޑީއޭގެ އެންގުމާ އެއްގޮތަށް އެ ބެޗް ފިހާރަތަކުން ނަގަން ވަނީ ފަށައިފައިވާ ކަމަށާއި މުސްތަގުބަލުގައި އެފަދަ މައްސަލައެއް ދިމާނުވާނެހެން އަލްޓްރާ ވައިލެޓް ސްޓެރިލައިޒޭޝަން ފަދަ އިތުރު ކޮލިޓީ ކޮންޓްރޯލް ފިޔަވަޅުތައް ގެންގުޅުމަށް ނިންމާފައިވާ ކަމަށެވެ.

މި ބޭސް މަގުބޫލު ގައުމުތަކުގެ ތެރެއިން ސިންގަޕޫރުން ވެސް ވަނީ އާއްމުން މި ތަގައްޔަރުވެފައިވާ ބެޗުގެ ބޭސް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ތައިލެންޑުގައި ކޮލިޓީ ދަށް ހާބަލް ޕްރޮޑަކްޓެއް އުފައްދައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 200،000 ބާތުގެ (ގާތްގަނޑަކަށް 6،170 ޑޮލަރު) ޖޫރިމަނާއެއް ކުރެވޭނެ އެވެ.

HajjCop_ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް މަޝްވަރާކޮށްފި

މާލޭގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ބަޔަކާއި ހަވާލުކުރަނީ

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ