ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލައް ސިޓީ ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުވައްމުލައް ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުން ފެން ކެނޑުމުގެ މައްސަލައާއި، ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ރަށުގެ ކަރަންޓު ކެޕޭސިޓީ ދަށްވުމުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރައްވައި ރަމަޟާން މަހަށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ އިންޖީނުގެ، މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން ދިމާވާދަތިތައް ހައްލުކޮށްދެއްވުމަށް، މިހާރު އަޅަމުންދާ އިންޖީނުގެ އަވަހަށް ނިންމަވައި އެ އިމާރާތަށް އިންޖީނުގެ ބަދަލުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

HajjCop_ads
MMA_Ads
Advertisement

ރަށުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕްލެކްސް ޢިމާރާތަކީ ރަށުގައި މިހާރު ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް، އެއް ޢިމާރާތެއްގައި ހިންގުމަށް ވަރަށް މުހިންމު ޢިމާރާތަކަށްވާތީ، އެ ޢިމާރާތުގެ މަސައްކަތް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ފުވައްމުލަކަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކައުންސިލުން ވަނީ ރަށަށް ލިބޭ ޖީ.އެސް.ޓީ. އަދި ޓީ.ޖީ.އެސް.ޓީގެ ވަކި އިންސައްތައެއް، އުސޫލެއްގެ ދަށުން ކައުންސިލަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ރަށުގައި ކުރިއަށް ގެންދާ ސިޓީ ހޮޓަލުގެ މަސައްކަތް އެމް.އޭ.ސީ.އެލް އިން ކުރިއަށް ގެންދަވާއިރު، ފުވައްމުލަކު ލޯކަލް ކައުންސިލް އޮތޯރިޓީއާއި ގުޅިގެން ކުރިއަށް ގެންދެވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް ކަމަށްވާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢާއި، ކުނިކޮށީގައި ހުރި ކުނިތައް އުކާލުމާއި، އެތަނުގައި ހުރި ވެހިކަލްތައް ބައުވެ ހަލާކުވެފައި ހުރުމުން ވެހިކަލްގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމާއި، ގެދޮރުގެ ދަތިކަމާއި ފުވައްމުލަކު ކައުންސިލަށް ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ، މިއަދު ފުވައްމުލަކުގައި ޢަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ކަމެއްގައި ކައުންސިލުން ދެއްވަންޖެހޭ އެއްބާރުލެއްވުން ސަރުކާރަށް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތަފްޞީލްދެއްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 13 at 18.51.49

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޕީއެންސީގެ ސުހާއަށް ރައީސްގެ މަރުޙަބާ

ފުވައްމުލަކުގެ ބޮޑުބެ ޗެލެންޖަށް ފުރުސަތު ހުޅުވާލައިފި

Sstv FORM FOR EC

ޒުވާނުން ބިނާކުރުމުގެ އެންމެ މުހިންމު ސިޔާސަތަކީ ދިވެހި ވަޠަނީ ޚިދުމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

DSC

މިއީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް