ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަން 70 އޮފިސަރުންގެ ވަޒީފާއަށް 600 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

STO_Ads
TTH_Ads
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން 70 އޮފިސަރުން ހޯދަން ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުގަ 600 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އޮފިސަރ ޓްރެއިނީން ހޯދަން ޞަލާޙުއްދީން ސްކޫލްގައި މިއަދު ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުގައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށާއި، ވޯކް-އިން އިންޓަވިއު ނިމުނުއިރު ޖުމްލަ 670 މީހުން ބައިވެރިވެފަ ވާކަމަށެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް އިމްތިޙާނު އޮންނާނީ މި މަހުގެ 4 އާއި 8އާ ދެމެދުގެ ދުވަހެއްގައިކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސީޕޯޓް ސެކްޝަނާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހެއެވެ.

މި މަޤާމުގެ މުސާރަ އަކީ މަހަކު -/6500 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭއިރު، ބޭސިކް ޓްރޭނިންގ ފުރިހަމަކުރުމުން މުސާރައިގެ %35 ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފުން އެންމެ ގިނަވެގެން ބެހެއްޓޭނީ 8 މަސްދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ބޭސިކް ޓްރެއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1 އާ ދެމެދުގެ ޝަރުތު ހަމަވާ ރޭންކެއްގެ ފުރަތަމަ ގްރޭޑަށް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

ޤައުމީ އިދާރާތަކަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ މެއި މަހު އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުއަށް 800 އަށްވުރެ ގިނަ މީހުން ވަނީ ހާޒިރުވެފައެވެ. މިފަހަރުވެސް ގިނަ އަދަދެއްގެ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ލަފާކުރެވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

HNU6lNGakAAEG6V

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ

bidheyseen

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި

Igmh

މާލޭގެ 9 ކެފޭއަކުން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި