ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ސައްތާރު

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އިންތިޚާބުކޮށްފިއެވެ.

ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އިންތިޚާބުކޮށްފައިވަނީ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް މިއަދު އެ ކޮމެޓީން އިސްތިއުފާ ދެއްވުމުންނެވެ. ހުސްނީ މުބާރިކް އެ ކޮމިޓީން އިސްތިއުފާ ދެއްވީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް އިންތިޚާބުވުމުންނެވެ.

ހުސްނީ މުބާރިކް އިސްތިއުފާ ދެއްވުމުން ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު ސައްތާރު އިންތިޚާބުކުރީ މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ. މެމްބަރު ސައްތާރު ހޮވިވަޑައިގެންފައިވަނީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. ކުރިން އޭނާ ހުންނެވީ އެ ކޮމެޓީގެ ނައިބު މުގައްރިރުގެ މަގާމުގައެވެ.

HajjCop_ads
Advertisement

މިއަދުގެ ބައްދަލުވުމުގައިވަނީ ކޮމެޓީގެ ނައިބު މުގައްރިރަކަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އިންތިޚާބުކޮށްފައެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން ހިމެނޭ ގޮތުން ޝަރުއީ ދާއިރާގެ މަސައްކަތްތައް ބަލައި ޖަވާބުދާރީ ކުރުވުމުގެ މެންޑޭޓް އޮންނަ ކޮމެޓީއެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މަޝްރޫއުތައް ހިންގަން ކައުންސިލުތަކުން ބިން ވަކިކުރެވޭ ބިލާމެދު ހުށަހެޅި ދެ ޕެޓިޝަނުގެ ބަހުސް ފަށައިފި

Muizzu

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ނިޒާމެއް ޤާއިމުކުރުމަށް މަޖިލީހަށް ހުށަހަޅުއްވަނީ

88887

ފެނަކައިގެ އައްޑޫ ބްރާންޗުގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

majilis

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މަޖިލީހަށް ހުށަހަޅައިފި