ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިފަރުގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

STO_Ads
TTH_Ads
Advertisement

ޅ. ނައިފަރުގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ނައިފަރުގައި ތަރައްޤީކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

އެރަށުގައި ފުލުހުންގެ އެކޮމޮޑޭޝަންގެ ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިފަރަށް ކުރެއްވި ޒިޔާރަތުގައެވެ.

ނައިފަރުގެ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

HajjCop_ads
MMA_Ads
Advertisement

މި ރަސްމިއްޔާތުގައި ފުލުހުން އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ މީގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ، ޚިދުމަތް ދެވޭނެ އެކަށީގެންވާ ފެންވަރުގެ ޢިމާރާތެއް ނެތި ކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463591 301701e2 4

ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދާނަން: ރައީސް

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ

Igmh

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް އަރުވައިފި

IMG 5940 1536x922

ހުޅުމާލެއިން ބަނގުރަލާއެކު ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި