ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތަރިކަ / ޅ. ނައިފަރު، މުޙައްމަދު ޘާޤިބް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކާށިދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ޑިންގީއެއްގައި ދަތުރުކުރަމުންދަނިކޮށް ކ. އޮޅަހަލި ކައިރި ކަނޑުމަތިންނެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި، ކަނޑުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 226 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.