ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާބައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

Mal
STO_Ads
TTH_Ads
Advertisement

އަންނަ އަހަރުގެ ކުރީކޮޅު ލ. މާބައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ލ. މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެއްސެވުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެކަމަށެވެ.

މާބައިދޫގައި މިއަދު ރަސްމީކޮށް ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ. އޭގެ ތެރޭގައި ރަށުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމާއި، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްވެސް މިއަދު އޮތީ ނިންމަވާފައެވެ. މި ރަސްމިއްޔާތުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.

HajjCop_ads
Advertisement

ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް އިތުރު ޖަނަރޭޓަރެއް ގެނެސް ކަރަންޓުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ލ. އަތޮޅު މަދުރަސާގައި މަލްޓި-ޕަރޕަސް ހޯލް ޤާއިމްކުރުމުގެ މަޝްރޫޢާއި، ފުޓް ބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން، ރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާއި ގުޅިގެން މާބައިދޫ ކައުންސިލަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ. މިފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ސޮއިކުރި އަދި ޢަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ފައްޓަވައި، ބައެއް މަޝްރޫޢުތައް ފުރިހަމަވެގެންދާނެ ކަމަށާއި، އެމަނިކުފާނު މާބައިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް