މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 ސިނގިރޭޓް ސްޓިކްސް / 199 ކޭސް ސިނގިރޭޓް ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ބަލައިފާސްކޮށް އެ އިދާރާގެ ބެލުމުގެ ދަށައް ގެނެސްފައިވާ ސިނގިރޭޓް ސްޓިކްސްއެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ކަސްޓަމްސް އިން އަންނަނީ ބަލަމުންނެވެ. އެފަދަ މައްސަލައެއްގައި ފުލުހުން މިހާރު ވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހައްޔަރުކޮށްފައެވެ.