ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހެލްތު ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ރޭ ވަނީ މިކަން ހާމަކޮށް އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެކުންފުނިން ވިދާޅުވީ އެ ހަރަކާތަކީ ދުޅަހެޔޮ ދިރިއުޅުމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކޮށް، މުވައްޒަފުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ސްޓެލްކޯއިން މި ހަރަކާތް ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

ސްޓްލްކޯއިން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތުގެ ތެރެއިން މި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހެލްތު ސްކްރީނިންގ ހަދައި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މައުލޫމާތު ހޯދާފައިވެއެވެ.