ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑްރަގާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ފެންނާނެ: ވަޒީރު އިހްސާން

423914 92daa73c 7
STO_Ads
TTH_Ads

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިއަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ފެންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ތ. ބުރުނީގައި މިއަދު ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އިހްސާން ވިދާޅުވީ ޑްރަގުގެ ވަބާއިން މުޅި ރާއްޖެ ސަލާމަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ކަމަށެވެ.  ވަޒީރު ވިދާޅުވީ ޑްރަގުގެ މައްސަލައަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ ކަމަށެވެ.

އަދި މީގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

Maldivian_Ads

”ކުރިން މި ސިޔާސަތު އޮތީ ޑްރަގު ބޭނުންކުރާ ފަރާތްތައް ހިފާ ހައްޔަރުކުރުމަށް. އޭގެ ބަދަލުގަ މިހާރު އަޅުގަނޑުމެން މިހާރު މިދަނީ ޑްރަގު ވިއްކާ އޭގެ ވިޔަފާރި ކުރާ މީހުން ފަހާ. އެހެންކަމުން މިކަމަށް އަޅުގަނޑުމެން ދާއިމީ ހައްލު ގެނެސްދޭނަން” އިޙްސާން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު ވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1580 މީހުން ހައްޔަރުކޮށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ނެޓްވޯކެއްގައި ހިމެނޭ ބައެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ihsaan

ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިކޮށްދޭން ޖެހޭ: އިހްސާން

ihusan

އެޕްރީލް 1އިން ފެށިގެން އީގޭޓްގެ ޚިދުމަތް ފަތުރުވެރިންނަށް ލިބޭނެ: އިޙުސާން

Screenshot

މާޗް މަހުގެ ނިޔަލަށް އިތުރު 11 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ނިމޭނެ: އިހްސާން

117

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި