ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅާއެކު އޮރެންޖާއި އާފަލުގެ އަގު ދަށަށް

Gowtham agm ncpxdcsws10 unsplash
STO_Ads
TTH_Ads

ރާއްޖޭގެ ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު އިންތިހާއަށް މައްޗަށް ދިޔުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅާއެކު ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގު ހެޔޮވާން ފަށައިފިއެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓްގައި މަޝްވަރާކުރެއްވުމަށްފަހު ރައީސް މުއިއްޒު ނިންމެވިއެވެ.

ކެބިނެޓްގެ އެ ނިންމުން ތަންފީޒު ކުރެއްވުމަށް އެމަނިކުފާނު އެސްޓީއޯއަށް ދެއްވި އިރުޝާދާއެެއްގޮތަށް އެ ކުންފުނިން ވަނީ ވަގުތުން ފިޔަވަޅުތައް އަޅާފައެވެ.

Maldivian_Ads

އެގޮތުން އަފަލާއި އޮރެންޖްގެ ޝިޕްމަންޓްތައް ރާއްޖެ ގެނެސް ހޯލްސޭލްކޮށް ހެޔޮއަގުގައި ވިޔަފާރިވެރިންނަށް ވިއްކަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އާފަލާއި އޮރެންޖްގެ އަގު ހެޔޮވެއްޖެއެވެ.

ބާޒާރުގައި އޮރެންޖު ކިލޯއެއްގެ އަގު ކުރިން ހުރީ 80 ރުފިޔާގައެވެ. ނަމަވެސް މި ފިޔަވަޅާއެކު އޮރެންޖް ކިލޯއެއްގެ އަގު މިހާރު ހުރީ 33 ރުފިޔާގައެވެ. އާންމު ރައްޔިތު މީހާއަށް 3.50 ރުފިޔާއަށް އޮރެންޖެއް ގަންނަން ލިބެއެވެ. ބައެއް ފިހާރަތަކުން ވިއްކާ އަގު ބޮޑަށް ގިނަ ފިހާރަތަކުން މި އަގުގައި މިހާރު އޮރެންޖް ލިބެއެވެ.

ރަތް އާފަލު ކިލޯއެއްގެ އަގު 80 ރުފިޔާގައި ކުރިން ހުރިނަމަވެސް އޭގެ އަގު ވެސް 44 ރުފިޔާއަށް ވަނީ ވެއްޓިފައެވެ.

އާފަލެއްގެ އަގު މިހާރު ހުރީ 10 ރުފިޔާ އާއި 9އާ ދެމެދުގެ އަގެއްގައެވެ.

އޮރެންޖާއި އާފަލުގެ އިތުރުން މުގު، ބިސް، އަލުއި، ހިމެނޭހެން އެހެނިހެން ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ގަނޑުކޮށް ގެނެސް ހޯލްސޭލްކޮށް ވިއްކަން އެސްޓީއޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ލަސްތަކެއް ނުވެ އެފަދަ ތަކެތީގެ އަގުތައް ވެސް ރައްޔިތުން ހިތްހަމަޖެހޭ ވަރަށް ކުޑަވެގެންދާނެއެވެ.

މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅިޔަސް ބައެއް ވިޔަފާރިވެރިން އިންތިހާއަށް އަގުބޮޑުކޮށް ތަކެތި ވިއްކާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ގައުމީ ބޭންކު، ބީއެމްއެލް އިން 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވެއެވެ.

ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ވެސް ސަރުކާރުން ހައްލު ގެންނަމުންދާއިރު، އާސަންދަ އިން 2000 ރުފިޔާ ނެގުމަށްފަހު ވެސް އައިނެއް ހެދުމަށް ޕްރައިވެޓް ފިހާރަތަކަށް ރައްޔިތު މީހާގެ އަތުން ވެސް ބޮޑު އަދަދެއް ނަގައެވެ. އެހެންވެ އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރައެއް ހުޅުވާފައެވެ.

އެ ދެ ފިހާރައިން އައިނެއް ހެއްދުމަށް ރައްޔިތު މީހާގެ ޖީބުން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހެ އެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް އައިނު ފިހާރައެއް ހުޅުވުމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

459159 2f5aaab5 9

ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

raees muiz

21 ދުވަހުގެ ތެރޭގައި ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދެއްކިއްޖެ: ރައީސް

Raees muiz

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލް އިމާރާތްކުރަން ނިންމައިފި

Igmh

ތިން ބޭފުޅަކު އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފި