ޖަރުމަނުވިލާތުގެ މިއުނިކްގައި ދިރިއުޅޭ ދިވެއްސަކު ހިތާމަވެރި ހާދިސާއަކަށްފަހު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހިގެން, ބ. ތުޅާދުއަށް ނިސްބަތްވާ ފައްޔާޒް ދާއޫދަށް ދިޔައީ މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

އޭނާ މިއަދު ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ މަހުގެ އަށްވަނަ ދުވަހު ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް އޭނާއަށް ލިބުނެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފައެވެ.

ހަމައެހެންމެ އޭނާގެ ފައިގެ ކުޑަކަޅުވާ ވެސް ވަރަށް ބޮޑަށް ހަލާކުވެ، ސިކުނޑިއަށް ވެސް އަސަރުކޮށްފައިވެއެވެ.

ފައްޔާޒަކީ ޖަރުމަނުގެ މީހަކާ އިނދެން އެ ގައުމުގައި ދިރުއުޅުނު މީހެކެވެ.