ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުޅާދޫގައި ތަރައްގީކުރާ ކަލްޗަރަލް ސެންޓަރުގެ މައި އިމާރާތުގެ ތަނބުތަކުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 21 at 09.51.32
TTH_Ads
STO_Ads
Maldivian_Ads
Advertisement

ބ. ތުޅާދޫގައި ތަރައްގީކުރަމުންދާ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ ރެސްޓޯރަންޓް އިމާރާތުގެ ޓައި ބީމް ކާސްޓިން މަސައްކަތް ނިމި، މައި އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ރެސްޓޯރަންޓް އިމާރާތުގެ ޓައި ބީމްގެ މަސައްކަތް މުޅިން ފުރިހަމަކޮށްފައިވާއިރު، މައި އިމާރާތުގެ ތަނބުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ މަޝްރޫއު ހިންގާ ސައިޓުގައި ބާރަށް ކުރިއަށެވެ.

ތުޅާދޫގައި މިފަދަ ކަލްޗަރަލް ސެންޓަރެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

HajjCop_ads
Advertisement

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ވަނީ މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ.

ތުޅާދޫއަކީ އަތްތެރިކަމުގެ މަސައްކަތާއި ދިވެހި ފަންނުވެރިކަމުގެ ހުނަރުވެރިކަމަށް މަޝްހޫރު ރަށެކެވެ. އަދި އެ ރަށަކީ ލޯކަލް ޓޫރިޒަމްވެސް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ރަށެކެވެ.

އެހެންކަމުން އެ ރަށުގައި ގާއިމުކުރެވޭ މި ކަލްޗަރަލް ސެންޓަރު ވެގެންދާނީ ރަށުގެ އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، ރަށުގެ ތަނަވަސްކަމަށް ބޮޑު ހިއްސާއެއް ކުރާނެ މަޝްރޫއަކަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 20 at 22.18.31

ފޮއްދޫ ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

WhatsApp Image 2026 09 20 at 14.28.23

ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 20 at 09.55.53

ބިލެތްފަހީ ސްކޫލްގެ ކްލާސްރޫމްތަކާއި މަލްޓިޕާލަސް ހޯލްގެ މަސައްކަތް ބާރަށް ކުރިއަށް

88887

މާލޭގެ އަމީނީމަގުގައި މަރާމާތު ކުރަމުންދާ ސަރަހައްދުގައި ތާރު އަޅަން ފަށައިފި