ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގެ ސްލެބް މަސައްކަތް ނިންމައި، ފުރަތަމަ ފަންގިފިލާގެ ބޭރުގައި ސިމެންތި ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް 24 ޖުލައި 2023 ގައި ފެށިއިރު، ހެލްތު މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރީ 2 މާޗު 2023 ގައެވެ.
ޖުމްލަ 114.50 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ސާވިސް ބްލޮކަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި 1,600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުޅާދޫގައި މިހާރު ސިއްހީ ހިދުމަތް ދެމުން އަންނަނީ މީގެ 18 ވަރަކަށް އަހަރު ކުރިން އިމާރާތްކުރި ސިއްހީ މަރުކަޒުންނެވެ.










ކިޔުންތެރިންގެ ހިޔާލު