ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްޙީ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމު: ނާޡިމް

TTH_Ads
STO_Ads
Advertisement

މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެން ނޫނީ ސިއްޙީ ގޮތުން ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިއްޙީ ވަޒީރު މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ ޚާއްސަ މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުންނެވެ.

ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ދުޅަހެޔޮ އާބަދީއަކަށް ވުރެ ވަކިން ބޮޑު ނިޢުމަތެއް ޤައުމަކަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ޤައުމުގެ އުފެންދުންތެރިކަމާއި ޤައުމުގެ ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްޙަތާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ނަތިޖާއެއްގެ ގޮތުން އުފެންދުންތެރިކަން އިތުރުވެ އުފާވެރި އާބާދީއެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ޤައުމުވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ޚިޔާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދުޅަހެޔޮ އާބާދީއެއްގެ މަސައްކަތް ފެށޭ ހިސާބަކީ ޢާއިލާތައް، މުޖުތަމައުތައް، އެކުވެރިން އަދި މުޖުތަމައުގައި ޝާމިލްވާ އެންމެންގެ މަސައްކަތް ކަމަށެވެ.

“ހެލްތް ބިއޮންޑް ހެލްތް” އެއީ މިހާރު ސިއްޙީ ކަންކަމާ ގުޅޭ އެންމެ މައިގަނޑު މައުޟޫއުކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދިރިއުޅުމުގެ ހުރިހާކަމެއް ވެސް ބިނާވެފައި އޮންނަނީ ސިއްޙަތާކަމަށް ވަޒީރު ވިދާޅުވިއެވެ.

“ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރެވިފައި ހުންނަ ގޮތަކީ ސިއްޙަތާ ގުޅުންހުރި ކަންކަން. ކަސްރަތު ކްލާސްތައް ރޭވިފައި އޮންނަ ގޮތަކީވެސް ސިއްޙަތާ ގުޅިފައި ހުރިކަންކަން. މި ހުރިހާ ކަމަކީ ސިއްޙަތާ ގުޅިފައި ހުންނަ ކަންކަން. މިކަންކަމަށް އަޅުގަނޑުމެން ރިޔާއަތްނުކޮށް ސިއްޙީ ކަންކަން ރަނގަޅެއް ނުކުރެވޭނެ. ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އާބާދީ ދުޅަހެޔޮ ސިއްޙަތެއްގައި ނުބޭއްވޭނެ.” ޢަބްދުﷲ ނާޡިމް އިބްރާހީމް

ސިއްޙީ ވަޒީރުގެ ވާހަކަފުޅުގައި ދުންފަތުގެ އިސްތިއުމާލުކުރުން ދުރުކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދުންފަތް ވިއްކާ ފަރާތްތަކާއި ދުންފަތުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅަން ލާޒިމުކުރެވިފައިވާ ފަރާތްތަކާއި، މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެން ނޫނީ ސިއްޙީ ގޮތުން ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ކޭމްޕުގެ ޒަރިއްޔާއިންވެސް ހޭލުންތެރިކަން އިތުރުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އަދި ހަމައެއާއެކު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ޤައުމެއްގެ ގޮތުގައި ތަންފީޒުކުރުމުންދާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭރުން ފެންނިގެންދާނީ މާ އުފާވެރި ރައްޔިތެއް އުޅޭ ޤައުމެއްކަމަށާއި، މާއުފާވެރި މުޖުތަމަޢެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ޚާއްޞަ ކެމްޕޭނެއް އިފްތިތާހުކޮށްފި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި