ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏަކުން ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

އެ ދޯނިން ހަ މީހުން ދަތުރުކުރިއިރު، މަރުވި މީހާ ފިޔަވައި އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މަރުވެފައި ވަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.