ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގީކުރާނީ 24 ގަޑިއިރު ޚިދުމަތްދެވޭ ފެންވަރަށް: ރައީސް

416302 8cf9f91d 3
Maldivian_Ads
TTH_Ads
STO_Ads
Advertisement

ނެއްލައިދޫ ޞިއްހީ މަރުކަޒު ތަރައްޤީކުރަމަށް އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނެއްލައިދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްޤީއަށް މުހިންމު ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ރަށުގެ ޞިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ޚިދުމަތް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢު ގެ ތެރެއިން ޞިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރާއި އަންނައަހަރު ކޮށްދެއްވާނެކަމަށެވެ.

HajjCop_ads
Advertisement

މީގެއިތުރުން ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.

މިއީ ރިޔާސީ އިންތިޚާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

މި މަޝްރޫޢު ތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ވަސީލަތްތައް ޤާއިމްކުރެވޭއިރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަކޮށް، މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބިންގާ އެޅުއްވި މިސްކިތަކީ ފަސްސަތޭކަ މީހުންގެ ޖާގައިގެ ޒަމާނީ، ރަނގަޅު ފެންވަރުގެ، ލައިބްރަރީ އާއި ކްލާސްރޫމްތައް ވެސް ހިމެނޭނެ މިސްކިތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ސްކޫލަކީ އޭލެވެލްއަށް ކިޔަވައިދޭ ނަތީޖާ ރަނގަޅު ސްކޫލެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލަށް ބޭނުންވާ ހުރިހާ ވަޞީލަތްތައް ފުރިހަމަވާގޮތަށް، ސްކޫލް ތަރައްޤީކުރުމުގެ މަޝްރޫޢެއް ވެސް ނެއްލައިދޫގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގެ އިތުރުން ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް ޤާއިމްކުރުމާއި މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން މިއަދު ނެއްލައިދޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް ފަށާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި