ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

STO_Ads
TTH_Ads
Advertisement

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

އައު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠާރިޤު ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި ކުލަބުތަކާއި އެކްސްކޯއިން ވާހަކަދައްކައިގެން ކަލަންޑަރު ފައިނަލްކޮށް ކުރިޔަށްދާނެ ގޮތް އެނގިގެންދާނެ ކަމަށެވެ. އަދި ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމު ހަމައަކަށް އެޅިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ މީގެ ކުރިންވެސް ކުޅިވަރުގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުވެސް ފާސްކޮށްފައި އޮތީ ލާމަރުކަޒީކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހިންގާގޮތަށް ކަމަށެވެ. އެގޮތުގެ މަތިން ކުރިންވެސް ހިންގާ ގަވާއިދު އިސްލާހު ކުރަން މަސައްކަތް ކުރެއްވިނަމަވެސް އެފަހަރު އެ އިސްލާހުތައް އޮތީ ފާސްނުވެ ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އޭރު އެ އިސްލާހު ފާސްނުވެ އޮތީ އެހެންނަމަވެސް މިހާރު އެ ބާރުތައް ދޭން އަލަށް އިންތިހާބުވި އެކްސްކޯއަށް ޓްރާންސްސިޝަނަލް މައްދާތަކުން އޮތީ މަޖުބޫރުކޮށްފަ. އަޅުގަނޑުމެންގެ ވިސްނުން އޮތީ ހަތަރު ސަރަހައްދަކަށް ބަހާލަން” ޠާރިޤު ވިދާޅުވިއެވެ.

އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ހަދާނީ ހއ ން ފެށިގެން ޅ އަތޮޅާއި ހަމައަށް އޮތް ހަތް އަތޮޅާއި މާލެ އަތޮޅުން ފެށިގެން ދ އަތޮޅާ ދޭތެރޭގެ ހަތް އަތޮޅާއި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދޭތެރޭ އޮތް ހަ އަތޮޅާއި އަދި މާލެ ސަރަހައްދަށް ވަކި ރީޖަނެއް ކަމަށް ޠާރިޤު ވިދާޅުވިއެވެ.

“މިހާތަނަށް އޮތީ މާލޭގައި ހުރިހާ މުބާރާތެއް ބާއްވާގޮތަށް ސިސްޓަމެއް ގާއިމުވެފަ، އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އަތޮޅު މުބާރާތެއް ބޭއްވުމަށްފަހު ކޮންމެ ރީޖަނެއްގައި ޒޯން ވައިސްކޮށް ކުޅެގެން ވިޔަސް ރީޖަނަލް ލެވެލްގައި ލީގެއް ކްރިއޭޓްކުރުން” ޠާރިޤު

ޠާރިޤް ވިދާޅުވީ ކޮންމެ ރީޖަނެއްގައި ދެވަނަ ލީގެއް އޮންނާނެކަމަށާއި، ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގައިވެސްވާގޮތަށް ދެން ރާއްޖޭގައިވެސް އެންމެ މަތީ ލީގުގެ އިތުރުން އަތޮޅުތަކުގައި ސެކަންޑް ލީގުގެ ނަމުގައި ލީގެއް އޮންނާނެ ކަށެވެ.

އެންމެ މަތީ ލީގު އެއީ ރާއްޖޭގައި ޕްރިމިއާ ލީގު އެއާ ޖެހިގެން ހަތަރު ޒޯނުގައި ހަތަރު ލީގެއް މި ބާއްވަނީ. އޭގެން މޮޅުވާ ޓީމުތަކެއް ޕްރިމިއާ ލީގަށް މި ގެންނަނީ. އަޅުގަނޑުމެން އުންމީދަކީ ފުރަތަމަ ސީޒަން ފެށިގެންވެސް މިއަންނަ ސީޒަނަށްދާއިރު މާލެ ފިޔަވާ ތިން ރީޖަނުގައިވެސް ޓީމުތަކަށް ފުރުސަތު އޮންނާނެ ޕްރިމިއާ ލީގަށް ކޮލިފައިވާން” ޠާރިޤު ވިދާޅުވިއެވެ.

އެމްއޭއެފްމްގެ ހުރިހާ ކުލަބެއްގެ ތާއީދާއެކު މިފަހަރު ރައީސް ކަމަށް އިންތިހާބުކުރެއްވުމުން ހުރިހާ ކުލަބަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަަކަމަށް ޠާރިޤު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

436397 552c6f5a 5 (1)

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

Igmh

މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަނުގެ މައްސަލައިގައި ފަޒީލްގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ދައުވާކޮށްފި

FAM TOM

ފުޓުބޯޅަ ލާމަރުކަޒީކޮށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމްކުރަނީ