ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ނަޝީދުގެ މެސެޖެއް، ވެރިކަމަށް ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ؟

TTH_Ads
STO_Ads
Maldivian_Ads
Advertisement

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިކަން ޙިއްސާ ކުރަށްވާފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރަށްވާނީ ކޮން ޕާޓީއެއްގެ ޓިކެޓެއް ގައިކަމެއް އެ މަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

“އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ؟ ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،” ރައީސް ނަޝީދުގެ މެސެޖުގައިވެއެވެ.

HajjCop_ads
Advertisement

ރައީސް ނަޝީދު އެމްޑީޕީގެ މެންބަރުންނަށް މިފަދަ މެސެޖެއް ފޮނުއްވާފައިވާއިރު، އެމަނިކުފާނު ވަނީ، 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަށްވާފައެވެ.

އެމަނިކުފާނަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅާއެވެ. އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމަނިކުފާނުގެ ވެރިކަން ނިމުނީ 2012 ފެބްރުއަރީ 7 ގައި އެމަނިކުފާނު ވެރިކަމުން އިސްތިޢުފާ ދެއްވުމުންނެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުވެސް 19 ވަނަ މަޖިލީހުގައި އެމަނިކުފާނު އަދާކުރަށްވާފައިވެއެވެ. ރައީސް ނަޝީދު މިހާރު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކުޅޭކުޅޭރާއްޖެ
މަނިކުފާނު ނޫންގޮތެއް! މިގައުމު ބޭނުންވަނީ. މަނިކިފާނުވްނީ މިގައުމުގައި މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ފިތުނަ ފަސާދައާއީ ކޮރަޕްޝަން އާންމުކުރުވައި ދިވެހީންގެ އަހްލާގީ ފޭރާން ވީދައި ކުދިކޮށްލާފައި.
A Ahmed
Anni noon gotheh
I Ibbe
Amilla blah fain ereemai vaaneekihineh rayyithungehaqqugai nikuh meehaa amillaedhumun furuneemai vaaneekihineh
ރ ރައްޔިތެއް
އިސްލާމް ދީނާ ގުޅިގެން ކުރިން ގެންގުޅުއްވި ގޮތް ނުގެންގުޅުއްވާ ނަމަ ތި ވަރުގެ ވެރިއެއް ހަމަ ނެތް.
ހ ހުސޭނުބެ
ދުވަހަކުވެސް ދެނެއް ވޯޓެއް ނުދޭނަން! އަދީލާ ހުރިނަމަ އޭނައަށް ވޯޓް ދިނަސް! މުޅި ގައުމު ހަލާކުކުރި މީހެއް!

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ