ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރަށް މޫސުން ގޯސް، ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު

STO_Ads
TTH_Ads

ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ސަމާލު ނެރެފަވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލަރޓް ނެރެފަވަނީ މެންދުރު ފަހު 14:00އާ ހަމައަށެވެ.

HajjCop_ads

އަދި އިއްޔެއިން ފެށިގެން އެ އަތޮޅުތަކަށް ކެރީގެ އަސަރުވެސް ދަނީ ކުރަމުންނެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ހިސާބުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Moosun

ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު

moosun raining

ކުރިޔަށް އޮތް 2 ދުވަހު ވެސް ވާރޭ ވެހޭނެ: މެޓް އޮފީސް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

moosun

ކ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި