ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެކުނަށް ވައިޓް އެލާޓް ނެރެފި

TTH_Ads
STO_Ads

މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މިއަދު ހެނދުނު 08:05 ކުން ފެށިގެން މެންދުރު 12 ޖެހުމާ ހަމަޔަށް ގއ.އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. މިގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

ހިނގަމުން މިދަނީ ހުޅަނގުމޫސުމުގެ “ކެތި” ނަކަތެވެ. މިއީ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތެވެ. މި ނަކަތުގައި އުޑުމަތި ބަނަވެފައި ދޭތެރެއަކުން ވިއްސާރަކުރާނެއެވެ. އިހުގެ ނަކަތް ލަފާކުރާ މީހުން ބުނާގޮތުގައި ކެތި ނަކަތުގައި 7 ކޮޅިގަނޑެއް ލައްވާލާނެއެވެ. އެހެންކަމުން މި ނަކަތަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށޭ ނަކަތުގެ ގޮތުގައި އެމީހުން ސިފަކުރެއެވެ. މޫސުން ގޯސްވުމާއެކު، މި ނަކަތުގައި މަސްވެރިކަންވެސް ދަށްވާނޭކަމަށް އިހުގެ މޫސުން ލަފާކުރާ މީހުން ބުނެއުޅެއެވެ.

HajjCop_ads

ކެތި ނަކަތް ދެމިގެންދާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Moosun

ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު

moosun raining

ކުރިޔަށް އޮތް 2 ދުވަހު ވެސް ވާރޭ ވެހޭނެ: މެޓް އޮފީސް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

moosun

ކ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި