ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ފުރައިފި، ޣައްޒާ ހަނގުރާމަ ހުއްޓުވަން، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އަރަބި 3 ގައުމަށް ކުރެވުނު ކަމެއްނެތް

Img 20250516 wa0114
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ 3 ގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

މެއި 12 އިން 15 އަށް ކުރެއްވި މި ދަތުރުފުޅުގައި ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށެވެ. ދެވަނައަށް ވަޑައިގެންނެވީ ގަތަރަށެވެ. ތިންވަނައަށް ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށެވެ.

މިތިން ގައުމަށް ވަޑައިގެން، އެގައުމުތަކާއެކު އެމެރިކާގެ ރައީސް މުޅީންވެސް ސޮއިކުރައްވާފައިވަނީ އިގްތިސާދީގޮތުންނާއި، މާލީގޮތުންނާއި، ވިޔަފާރީގެގޮތުން އެމެރިކާއަށް މަންފާ ލިބޭ އެއްބަސްވުންތަކުގައެވެ. ބައެއް އެއްބަސްވުންތަކަކީ ޚުދު ޓްރަމްޕްގެ ވިޔަފާރިއަށް ފައިދާވާ އެއްބަސްވުންތަކެވެ.

MMA_Ads
HajjCop_ads
Advertisement

ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ އިސްލާމީ ގައުމުތަކެވެ. ފަލަސްތީނުގެ މައްސަލާގައި ނަގާކިޔާ ގައުމުތަކެވެ. ފަލަސްތީނު ރައްޔިތުން، ޚާއްސަކޮށް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރާކަމަށް ފެންނަ ގައުމުތަކެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމަ ނުހުއްޓި ކުރިއަށްދަނީ އެމެރިކާގެ ސަބަބުންނެވެ. އެމެރިކާގެ ރައީސްކަމުގައި ކުރިން ހުންނެވި ޖޯ ބައިޑެންވެސް އިސްރާއީލު ހުއްޓުވާކަށް އެއްވެސް ކަމެއް ނުކުރައްވައެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައި ގެންނެވި ޑޮނަލްޑް ޓްރަމްޕްވެސް އެކަމެއް ކުރައްވާކަށް ނޫޅުއްވައެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންފަހުން އެމެރިކާއިން އިސްރާއީލަށް ފޮނުވާ ހަތިޔާރު ވީ އިތުރެވެ. އަސްކަރީ އެހީތެރިކަމާއި މާލީ އެހީތެރިކަން ވީ އިތުރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއިރުމަތީގެ ގައުމަކަށް ވަޑައިގެންނެވުމަށްފަހު ފުރާވަޑައިގެންނެވީ އިސްރާއީލަށް ވަޑައިނުގެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކޯލެއްހާ މިންވަރުވެސް ނުކުރައްވައެވެ.

ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫގެ ގުޅުމުގައި މައްސަލަ ޖެހުނީ، މެދުއިރުމަތީގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ނަތަންޔާހޫ ދެކޮޅު ހެދުމުންނެވެ. ޓްރަމްޕް ކަން ކުރައްވަންވީގޮތް ނަތަންޔާހޫ ކިޔައިދޭން ފެށުމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގަތް ހިސާބުން ފެނިގެންދިޔައީ ޒަޔަނިސްޓު ސިފައިން މުޅި ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ވަރުގަދަ ކުރިތަނެވެ. ހުޅަނގު އައްސޭރީގެ ރަށްތަކުގައި ހިންގާ ޖަރީމާތައް ފުޅާކުރިތަނެވެ.

5 ދުވަހު މެދުއިރުމަތީގައި ހުންނެވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރާވަޑައިގަންނަވަން ތައްޔާރުވުމާއެކު ޒަޔަނިސްޓު ސިފައިންވަނީ ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ޣައްޒާގައި އާންމުން ދިރިއުޅޭ އަވަށްތަކަށް ޓޭންކާއެކު ވަދެގަނެ ފެންނަހާ ބަޔަކު މަރަން ފަށާފައެވެ. ވައިގެމަގުން ބޮންއަޅައި، އެއްގަމުމަގުން ހަމަލާދީ އާންމުން ގެދޮރުން ނެރެ ފައްސަން ފަށާފައެވެ.

މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެއްވެސް އެހީއެއް އެތެރެ ނުކުރެއެވެ. އިސްރާއީލުން ވަނީ އެކަން ހުއްޓުވާފައެވެ.
ނުހަނު ބަނޑުހައިހޫނުކަމުގައި އާންމުން ތިއްބައި ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް އާންމުން ގަދަކަމުން ނެރެ، ފައްސައި، ޣައްޒާ ހުސްކުރަން އިސްރާއީލުން މިވަނީ އަމަލީގޮތުން މަސައްކަތް ފަށާފައެވެ.

ޣައްޒާއަށް ކެނޑިނޭޅި ދެމުންގެންދާ ހަމަލާތައް ހުއްޓުވަން ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ޓްރަމްޕާ އެއްވެސް ވާހަކައެއް ދެއްކިކަމެއް އެނގޭކަށް ނެތެވެ. ނުވިތާކަށް، ޣައްޒާގެ ރައްޔިތުން ބަނޑަށް މަރުވަމުންދާއިރު، އިންސާނީ އެހީ އެތެރެ ކުރެވޭނޭ ގޮތެއްވެސް ނުހެދުނެވެ. އެ ވާހަކަ ނުވެސް ދައްކައެވެ. އެއަށްވުރެ، އެ ގައުމުތަކަށް އަސްކަރީގޮތުން ލިބުނު މަންފާތައް މާބޮޑެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

2864

ސްވިސްއާއި ކެނެޑާ ދެވަނަބުރަށް، ބޮސްނިއާއަށް ތިން ވަނަ

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު