ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ދިވެހިރާއްޖެ 2.0” ގައި އިލެކްޓްރިކް ވޯޓިން ނުހިމެނޭ، ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަކުރުން: އިހުސާން

STO_Ads
TTH_Ads

ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ފަށާފައިވ “ދިވެހިރާއްޖެ 2.0″ގެ ތެރޭގައި އިލެކްޓްރޯނިކް ވޯޓިން ތައާރަފުކުރުން ނުހިމެނޭކަމަށާއި، އެ ސިޔާސަތުގެ ބޭނުމަކީ ކޮރަޕްޝަން ނައްތައިލައި ދައުލަތުގެ ހަރަަދު ކުޑަކުރުންކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސާއެކު އެސްޓޯނިއާއަށް ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަދި “ދިވެހިރާއްޖެ 2.0” އާ ގުޅޭ ގޮތުން ބާއްވާ ސަމިޓު ފެށުމަށް ރޭ ބޭއްވި ޖަލްސާގެ ބައިވެރިއެއްގެ ހައިސިއްޔަތުން އިދިކޮޅުން ކުރާ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން އެސްޓޯނިއާ ދަތުރުފުޅުގައި އަދި ރޭ ބޭއްވި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ-ވޯޓިން ފިޔަވައި އެސްޓޯނިއާގައި ގާއިމުކޮށް ފޯރުކޮށްދެމުންދާ ހުރިހާ ޑިޖިޓަލް ހިދުމަތެއް ދިވެހިރާއްޖޭގައި ގާއިމުކޮށް ފޯރުކޮށްދެއްވަން ބޭނުންފުޅުވާކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads

އިތުރަށް އިހުސާން ވިދާޅުވީ ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލައި، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދައުލަތުން ދޭ ހިދުމަތްތައް އަވަސްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުން ކަމަށެވެ. އީވޯޓިން ތައާރަފުކުރުން ނޫން ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުންތައް އެއްކިބާކުރަންޖެހޭ ކަންކަން ކަމަށެވެ.

މޯލްޑިވްސް 2.0 ގައި ހިމެނެނީ ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ޑިޖިޓަަލައިޒްކުރުމާއި، ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ މަންސަތަކުގެ މެދުގައި މުވާސަލާތުކުރެވޭނެ ގޮތް ގާއިމުކޮށް، ފަސޭހައިން އެއްތަނުން ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

އޭގެ އިތުރަށް ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އީކޯ-ސިސްޓަމެއް ގާއިމުކޮށް ދިވެހި ހުނަރުވެރިންނަށް އެ އީކޯ-ސިސްޓަމް މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމަކީވެސް މި ސިޔާސަތުގެ މަގުސަދެކެވެ.

މިއީ ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ގާއިމުކުރުމަށް އެންމެ ފުޅާމިނުގައި ހިންގޭ ބޮޑު މަޝްރޫއަށް ވާނެއެވެ. މި މަޝްރޫއު ނިމޭއިރު ފަސޭހައިން ލުއި ގޮތެއްގައި މުހިއްމު ހުރިހާ ހިދުމަތެއް ޑިޖިޓަލް މަންސަތަކުން ލިބެން ހުންނާނެއެވެ

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihsaan

ދޮގު އިލްޒާމު އަޅުވައި ޚަބަރު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެ: އިހުސާން

minister ihusan

ބުލީކުރުން ޖިނާއީ ކުށަކަށް ހަދައި ހަރުކަށި ފިޔަވަޅު އަޅަން މަޝްވަރާކުރަން ފަށައިފި

ihusan

މިހާތަނަށް 726 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: އިޙްސާން

ihusan

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި