ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ދެ ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ.

ރައީސް ވިދާޅުވީ ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ވެސް ނަމޫނާއެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ވަނީ ‏މަސްވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތްކުރާ ހުރިހާ ހިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވައިފައެވެ.