ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުންއެބަދޭ: ސައީދު

STO_Ads
TTH_Ads

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، އުފެއްދުންތެރިކަމުގެ މައުރަޒަށް ފާހަގަކުރެވޭ މިންވަރެއްގެ ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިހާތަނަށް 256 އެޕްލިކޭޝަން ލިބިފައިވާއިރު، 4,415 އަށްވުރެ ގިނަ އުފެއްދުންތައް މައުރަޒުގައި ހިމެނޭނެ ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

އިޤްތިޞާދީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މި އަހަރުގެ މައުރަޒު ކުރީގެ އަހަރުތަކާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އިޤްތިޞާދީ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން މި ހަރަކާތް ފުޅާ ދާއިރާއެއްގައި ހިންގުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

‘ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025’ އަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ވުޒާރާއިން އިސްނަގައިގެން ބީސީސީން އިންތިޒާމުކުރާ ޚާއްޞަ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމަށް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ހާމަކުރެއްވިއެވެ.

HajjCop_ads

މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވީ، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށާއި، އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މައުރަޒުގައި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ދަޢުވަތު ދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވާލައި، ސުންގަޑި އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ. މި ގޮތުން، ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ޢަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ވީހާވެސް ގިނަ ފަރާތްތަކަކަށް މައުރަޒުގައި ބައިވެރިވެ، ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް މަގުފަހިކުރުމެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ހަމދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ހަމައެކަނި ދިވެހި އުފެއްދުންތެރިންގެ މަސައްކަތް ދައްކާލުމަށް ބާއްވާ މައުރަޒެއް އެކަނި ނޫނެވެ. މިއީ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ގިނަގުނަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ތަޢާރަފުކޮށް، އައު ވިޔަފާރި ގުޅުންތައް ޤާއިމުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު، ދިވެހި އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ނެރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

މިނިސްޓަރ ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ޤައުމީ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ހަރަކާތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ހިތްވަރާއި ފުރުޞަތުތައް ލިބި، ޤައުމީ އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ނިންމާލަމުން މިނިސްޓަރ ސަޢީދު ގޮވާލެއްވީ، ދިވެހި އުފެއްދުންތެރިން މި ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފައި، އެމީހުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދިނުމަށެވެ. އަދި މި މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 17

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

Screenshot 2026 04 09

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިކުރުމަށް ހުޅުވާލައިފި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

“އުފެންއްދުންތެރިކަމުގެ މައުރަޒު 2025” އަށް ތަކެތި ބަލައިގަންނަން ފަށައި