ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިމަހުގެ 28 ގައި

Big yaxb9elpng9gjuvjv0mpefhnr
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ ހިޔާނާތާ ގުޅިގެން ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 އަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވާލުކުރި ނަމަވެސް، އެ އަޑުއެހުމަށް ދައުލަތުގެ ހެކިވެރިޔާ ހާޒިރުކުރެވިފައިނުވާތީ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

HajjCop_ads
Advertisement

ފުއްގިރި ހިޔާނާތާ ބެހޭގޮތުން ދައުލަތުން ބުނެފައިވަނީ، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ. އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (10)

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް: ޒިޔަތުގެ ޢާއިލީ ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދަޢުވާ!

File yffnqe

ޝެފް އާބިދުގެ މައްޗަށް މަރުގެ ދައުވާ ސާބިތުވެއްޖެ

criminal court

މީހަކު ބަންދުކޮށް އިނގިއްޔެއް ބުރިކޮށްލުން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފި

ފިޔާޒާއި ހަސަނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި