އައްޑޫ ސިޓީ ހިތަދޫ ބަނދަރުމަތީގައި ފެރީ ޓާމިނަލެއް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

ކައުންސިލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭމާޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ އެ ސިޓީގެ މަރަދޫ ކުންފުންޏެކެވެ. އެ އެެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއެވެ.

ފެރީ ޓާމިނަލް ހަދަން ވޭމާޓްއާ ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 85 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 979،510.01ރ. އެވެ.

އިޝްތިހާރު އިޝްތިހާރު

އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ހިތަދޫގައި ފެރީ ޓާމިނަލެއް ނެތުމުން އެ ސިޓީގެ ރައްޔިތުން އަންނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.