އިންޑިއާގެ އެހީގައި ރާއްޖޭގައި އަށް ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓް ޕްރޮގްރާމްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާގެ ލައިންއޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ބައެެއް ސްކޫލްތަކުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އިންޑިއާގެ އެލްއޯސީގެ ތެރެއިން ހަދާ އަށް ސްކޫލުގެ ތެރެއިން ދެ ސްކޫލު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށާއި ހުޅުމާލޭގެ އެ ދެ ސްކޫލުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ވިދާޅުވީ، އިންޑިއާގެ އެލްއޯސީގެ ދަށުން ތައުލީމީ ދާއިރާއިން ކުރިއަށްގެންދަނީ 70 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެ މަސައްކަތްތަކާއެކު ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ހައްލުވެގެންދާނެ ކަަމަށެވެ.

އިންޑިއާގެ އެހީގައި ދެން އިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލުތަކުގެ ތަފްސީލުތަކެއް ރައީސް މިއަދު ދެއްވައިފައެއް ނުވެއެވެ.