ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންގާރަ ދުވަހުން ފެށިގެން މުޅިރާއްޖެއަށްވެސް މޫސުން ގޯސް: މެޓް އޮފީސް

TTH_Ads
STO_Ads
Maldivian_Ads
Advertisement

މޫސުމާބެހޭ ޤައުމީ އިދާރާއިން އަންގަވާފައިވާ ގޮތުގައި، އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށް ލަފާކުރެވެއެވެ.

އިދާރާގެ އިސްވެރިންގެ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ސަރަޙައްދުތަކަށް ވާރޭވެހި، ގުގުރުމާއެކު ކެރީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ދެކުނުގެ މޫސުން ނިސްބަތުން ރަނގަޅު ވާނެކަމަށް ބެލެވެއެވެ.

އިތުރު ތަފްޞީލު ދެއްވަމުން، އިދާރާއިން ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެނިހެން ސަރަޙައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ކަނޑުތައް މެދުމިނުގައި މަޑުޖެހި، ރާޅުގެ އުސްމިން 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ.

HajjCop_ads
Advertisement

މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް އިދާރާއިން ހާމަކުރައްވާފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ފުރުޞަތު އޮތުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ. ޚާއްޞަކޮށް، މި ދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީ ނިންމާ އަނބުރާ އައުމުގެ މޫސުމަކަށްވާތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ ވަޑައިގަތުމަށް އިދާރާއިން ޚާއްޞަ އިލްތިމާސެއް ކުރައްވާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

moosun

މިއަދުވެސް މޫސުން ގޯސް، ބައެއް އަތޮޅުތަކަށް ރީނދޫ އެލާޓް

moosun

ފުވައްމުލަކާއި އައްޑޫއަށް އޮރެންޖު އިންޒާރު ނެރެފި

moosun

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސް