ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިލިޕީންސް އަތުން ބަލިވެ، ރާއްޖޭގެ ފެށުން ގޯސް

174291646013820250325afc asia cup qualifiers ph maldives jc27
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކޮޅަށް ގޯލު ޖެހުމަށްފަހު ފިލިޕީންސްގެ ކުޅުންތެރިން އުފާފާޅުކުރަނީ — ފޮޓޯ: ސީބީއެން ނިއުސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވެއްޖެއެވެ.

ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމްގައި މިއަދު ކުޅުނު ކޮލިފިކޭޝަންގެ ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖު މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ފިލިޕީންސް އިން ވަނީ ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަވަނަ މިނެޓުގައި ފިލިޕީންސް އިން ލީޑު ނެގިއެވެ. އެ ޓީމަށް އެ ގޯލު ޖަހައިދިނީ ޖެފަސަން ތަބީނާސްއެވެ.

HajjCop_ads
Advertisement

މެޗުގެ 18 ވަނަ މިނެޓުގައި ފިލިޕީންސް އިން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. ރާއްޖޭގެ ޑިފެންސުން ހެދި ގޯހަކުން، އެ ގޯލު ޖަހައިދިނީ ފިލިޕީންސްގެ ބޯޖާން މާޓިން ކްރިސްޓެންސެންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފިލިޕީންސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ރާއްޖެއިން މަސައްކަތްތަކެއްކޮށް، މެޗުގެ 65 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ. ހުސައިން ސިފާއު (ކްރޯ) ނަގައިދިން ހުރަހަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗު ނިމުމުގެ ކުރިން ފިލިޕީންސް އިން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. ފިލިޕީންސަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ ރޭންޑީ ޝެނައިޑާ އާއި ސާންޑްރޯ ރެޔެސްއެވެ.

ފުޓުބޯޅައިގެ ހާލަތު ގޯސްވެފައިވާ ރާއްޖޭގެ އިތުރުން އެ ގްރޫޕުގައި ދެން ހިމެނެނީ ފިލިޕީންސް އާއި ތަޖިކިސްތާން އަދި ޓިމޯ ލެސްޓޭއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިޔަންމާގައި ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ޖޫނިއާ ޓީމު ފުރައިފި

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ސްކޮޑު އިޢުލާންކޮށްފި

ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕްގެ ގުރު ނަގައިފި

Palestine team

ރާއްޖެ އާއި ފަލަސްޠީނު މެޗުގެ ޓިކެޓް ވިއްކަން ފަށައިފި