ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިރޭ ބައިނަލްއަޤްވާމީ ރަހްމަތްތެރި ކަމުގެ ފުޓްބޯޅަ މެޗެއް: ރާއްޖެ – ކިރްގިސްތާން

ރާއްޖެ އާއި ޗައިނ ބައްދަލު ކުރި މެޗެއްގެ ތެރެއިން. މިރޭ ރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށް.
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބައިނަލްއަޤްވާމީ ރަހްމަތްތެރި ކަމުގެ ފުޓްބޯޅަ މެޗެއްގައި ރާއްޖެއިން ކިރްގިސްޠާނާ ދެކޮޅަށް މިރޭ ކުޅޭނެއެވެ.

މިމެޗް ފަށާނީ ކިރްގިސްޠާންގެ ވެރިރަށް ބިޝްކެކުގައި ރާއްޖޭ ގަޑިން 19:00 ގައެވެ.

މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި މި ދެ ޓީމު ބައްދަލުކުރާ ފަސްވަނަ ފަހަރެވެ. މީގެކުރިން ދެ ޤައުމުން ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން ކޮންމެ ގައުމަކުން ވެސް ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ.

HajjCop_ads
Advertisement

ރާއްޖެއިން ކިރްގިސްތާނާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނީ 1997 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެ ފަހަރުގެ ދެ މެޗު ވެސް ކާމިޔާބުކުރީ ކިރްގިސްޠާނެވެ. އޭގެފަހުން 2011 އަދި 2014 ވަނަ އަހަރު ކުޅުނު ދެ މެޗު ކާމިޔާބުކުރީ ރާއްޖެއިންނެވެ.

ފަހަކަށް އައިސް ކިރްގިސްޠާން ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު، ރާއްޖޭގެ ފުޓުބޯޅައަށް ވަނީ އެކި ސަބަބުތަކާ ހުރެ އުނދަގޫ ހާލަތްތަކެއް ތަހައްމަލުކުރަން ޖެހިފައެވެ. އެހެންނަމަވެސް، އެފްއޭއެމްގެ އައު އިސްނެގުމުގެ ދަށުން ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށްޓަކައި، މި ބްރޭކުގައި ކުޅެން ރާވާފައިވާ ތިން މެޗަކީ ވެސް ރޭންކިންގެ ގޮތުން މާ މަތީގައިވާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ މުހިންމު ތަޖުރިބާތަކެއް ހޯދުމުގެ މަޤްޞަދުގައި ހަމަޖައްސާފައިވާ މެޗުތަކެކެވެ. މިގޮތުން ފުރަތަމަ މެޗުގައި ކުޅުނީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާ އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ތިންވަނަ މެޗުގައި ރާއްޖެ ނިކުންނާނީ ލުބްނާނާ ދެކޮޅަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FAM TOM

އޭއެފްސީއަށް އެފްއޭއެމްއިން ދައްކަން ޖެހޭ ދަރަނި މާފުކޮށްފި

ޤައުމީ ފުޓުބޯޅަ ޓީމު ކުޅުނު މެޗުގައި ޗައިނާއިން ފަހުހާފުގައި ކުރިހޯދައިފި

5 އަހަރަށްފަހު ބައިނަލްއަޤްވާމީ ފުޓުބޯޅައިގައި ފުރަތަމަ ފަހަރަށް މިއަދު ރާއްޖެއާއި ޗައިނާ

Image 870x 6ab003ef6e9cf

އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ގައުމީ ފުޓުބޯޅަ ޓީމު ފުރައިފި