ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެންޓިލޭޓަރު މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހަޅަން ކޮމިޓީން ފާސްކޮށްފި

Glqc2jva8aa say
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: މަޖިލިސް އިދާރާ
TTH_Ads
STO_Ads
Maldivian_Ads
Advertisement

ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން އެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެ ފައިސާއަކީ މަދަނީގޮތުން އާބިޓްރޭޝަން މެދުވެރިކޮށް މަސައްކަތްކޮށްގެން ލިބިދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

HajjCop_ads
Advertisement

އެ މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި ފުލުހުންނަށް އެކަމާބެހޭ ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ޕީޖީ ލަފާދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

“އެހެންކަމުން ގާނޫނީ އެހީތެރިކަން ބަދަލުކުރެވޭ ގާނޫނުގައި ބަޔާންކުރާ ގޮތަށް މި މައްސަލަ ތަހުގީގުކޮށް މި މީހުންނާ ދޭތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްދިނުމަށް ޕީޖީއަށް ހުށަހަޅަން،” ހުށަހެޅުން ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވިއެވެ.

ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ތާއީދުކުރެއްވި ނާޒިމްގެ އެ ހުށަހެޅުއްވުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

thinadhoo

ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލާގައި ދައުވާކުރުމަށް ޕީޖީއަށް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި