ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ހަދާ ވަގުތީ އިންޖީނުގޭގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Capture
TTH_Ads
STO_Ads
Advertisement

ހުޅުމާލޭގައި ހަދާ ވަގުތީ އިންޖީނުގޭގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މި އިންޖީނުގެއަކީ މާލެ ސަރަޙައްދުގައި އާބާދީ އިތުރުވެ ކަރަންޓު ބޭނުންކުރާ ކެޕޭސިޓީ އިތުރުވަމުންދާތީ މެދުނުކެނޑި ކަސްޓަމަރުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހަދާ ތަނެކެވެ.

ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އިންޖީނުގޭގައި ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ޖަނަރޭޓަރުތައް ޓެސްކުރުމުގެ މަސައްކަތް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ފަހުމީ ވިދާޅުވީ މިހާރު ސައިޓުގައި ކުރިއަށްދަނީ އިންޖީނުގެއަށް އަޅާ ކޭބަލްގެ މަސައްކަތްތައް ކަމަށާއި، މަޝްރޫއު ލަސްވަނީ މަގު ކޮނެގެން ކުރާ ބައެއް މަސައްކަތްތައް ހުރުމުން ކަމަށެވެ.
ވަގުތީ އިންޖީނުގެ ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ މަހު ފަހުކޮޅުއެވެ. މި ޕްރޮޖެކްޓްގެ ދަށުން ވަގުތީ އިންޖީނުގޭގައި 13 ޖަނަރޭޓަރު ބަހައްޓައި، ގްރިޑަށް ޖުމްލަ 17 މެގޮވޮޓްގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހޫނު މޫސުގައި ކަރަންޓު ބޭނުންކުރާ ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ އަންދާޒާ ކޮށްފައެވެ. ނަމަވެސް ވަގުތީ އިންޖީނު ބޭނުންކުރަން ފެށުމުން ކޭޕޭސިޓީއަށް ދަތިކަމެއް ނެތި ހިދުމަތް ދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

37 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވެވި މުޙައްމަދު ރިޓަޔަރ ކުރައްވައިފި

stelco

މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

stelco

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށްފި

stelco

ވިއްސާރައިގައި ކަރަންޓު ކެނޑޭތީ ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި