ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާ ސަފީރު، ޓޫރިޒަމް އަދި ހެލްތު މިނިސްޓަރއާއި ބައްދަލުކުރައްވައިފި

Gj 5mcpb0aayihi 1536x1024
TTH_Ads
STO_Ads
Advertisement

އިންޑިއާގެ ހައި ކޮމިޝަނަރު އެކްސެލެންސީ ޖީ ބަލަސުބްރަމާނިއަން، ދިވެހިރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އޮނަރަބަލް ތާރިގް އިބްރާހިމް އަދި ހެލްތު މިނިސްޓަރު އޮނަރަބަލް އަބްދުﷲ ނާޒިމްއާ މިއަދު ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ރަސްމީ “އެކްސް” އެކައުންޓުގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާ ސަފީރު ހެލްތު މިނިސްޓަރަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، ޞިއްޙީ ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި މުސްތަޤުބަލުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ހަމައެހެންމެ، މިނިސްޓަރު ތާރިގް އިބްރާހިމް ވެސް އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުގައި ޕޯސްޓެއް ކުރައްވައި، އިންޑިއާ ސަފީރާ ބައްދަލުކުރެއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށާއި، އިންޑިއާ ސަފީރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

HajjCop_ads
Advertisement

 

އިންޑިއާ ސަފީރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖޭގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިނާ
ތާރިގު ހަމަ ތަފާތު ކޮށް މިގެންނަނީ
އ އިލްޔާސް
ރަގަޅު ގުޅުން އިތުރަށް ހަރުދަނާ ކުރަން ވާނެ ތިގޮތަށް
ސ ސާޖިދު
އެއީ ކީއްކުރަން ވަކިވަކިން ބައްދަލު ކުރަނީ އެކީ އެކީ ބައްދަލު ކުރިޔަސް އޮކޭނޯން ވަގުތު ސަލާމަތްވާނެތާ!

ގުޅުންހުރި

minister nazim

ޞިއްޙީ ކަންކަމުގައި ޙަޤީގަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވައިފި

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

Minister Thoriq Ibrahim

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ