އިންޑިއާގެ ވެސްޓް ބެންގޯލްގައި ހުންނަ ޕެޓްރޯކެމިކަލް ކޮމްޕްލެކްސްއެއްގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އަލިފާން ރޯވެފައިވަނީ ވެސްޓް ބެންގޯލްގެ ހަލްޑިއާގައި ހުންނަ ހަލްޑިއާ ރިފައިނަރީ ކޮމްޕްލެސްގެ ހޮޅިތަކަކުން ގޭސް ލީކްވެގެން ކަމަށް، ސަލާމަތީ ފަރާތްތަކުން ތުހުމަތު ކުރެއެވެ. މިއީ “އިންޑިއަން އޮއިލް” ގެ ތަނެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ހޮޅިތަކާއި އަދި ކޮމްޕްލެކްސް އިމާރާގެ ބައެއްގައި ރޯވެފައިވާ އަލިފާން ނިއްވަން ފެނާއި އަދި ފޯމް ޖަހަމުންދާ މަންޒަރު ފެނެއެވެ. ނަމަވެސް އަލިފާންގަނޑު އަދިވެސް ދަނީ މުޅި ސަރަހައްދަށް ފެތުރެމުންނެވެ.
މިހާދިސާގައި މިހާތަނަށް ވިއްސަކަށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، އޭގެ ތެރެއިން ހަމީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.
ރިފައިނަރީގެ ހޮޅިތަކެއްގައި ރޯވި އަލިފާންގަނޑު އެ ސަރަހައްދުގެ ޗިރަންޖިބްޕޫރަށް ފެތުރި އެ އަވަށުގައި ހުރި ޖިފުޓި އަވަށްތަކަށް ފެތުރި އެތައް ޖިފުޓިއަކާއި ގެއެއް އަނދައި އަޅިޔަށް ވެގެން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެވެއެވެ.
އަލިފާން ރޯވެ އަނދަމުންދާތީ، އެ ސަރައްދުގެ ރޭލު މަގުތައްވެސް މިހާރުވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.












ކިޔުންތެރިންގެ ހިޔާލު