ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ދަށުން ހިންގަމުންދިޔަ ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯއާ ހަވާލުކޮށްފި

Mifff
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުންދިޔަ 14 އައިސްޕްލާންޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ( މިފްކޯ)ގެ ދަށަށް ބަދަލުކޮށްފިއެވެ.

މި ކަމަށްޓަކައި އެ ދެ ކުންފުނީގެ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މިފްކޯއިން ބުނީ، މި ހުރިހާ އައިސްޕްލާންޓެއް ފުލް އޮޕަރޭޝަން ކެޕޭސިޓީއަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރުންނާއި ޓެކްނިކަލް މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިފްކޯގެ ދަށަށް މި ޕްލާންޓްތައް ބަދަލުކުރުމުން އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ފުޅާވެފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

HajjCop_ads
Advertisement

އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހެވެ.

މިފްކޯގެ ދަށަށް ބަދަލުކުރި އައިސްޕްލާންޓްތަކަކީ ބަދަލުކޮށްފައިވާ ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، އަދި ގދ. ފިޔޮރީގެ އިތުރުން ސ. ހިތަދޫއެވެ.

ފެނަކައިގެ ދަށުން އައިސް ޕްލާންޓްތައް ނަގަން ނިންމީ އައިސް ޕްލާންޓްތައް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތުމުންނެވެ. އެކަން ކުރެވޭނެ ގާބިލު ކުންފުންޏަކީ މިފްކޯއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނުރައްކާތެރިކޮށް ދުއްވި މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެތީގެ ދެ މައްސަލައެއް ސާބިތުވެ ދިވެހި ޒުވާނަކު 50 އަހަަރަށް ޖަލަށް

DSC

ޑްރަގް ވިއްކައިގެން ރާއްޖޭގައި ކުރެވޭނެ ވިޔަފާރިއެއް ދެން ނޯންނާނެ: އިޙްސާން

stelco

މަގު ކޮނުމުގެ މަސައްކަތް ކުރާފަރާތުގެ އިހުމާލުން ކޭބަލަށް ގެއްލުންވެއްޖެނަމަ ބަދަލުހޯދަނީ