ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މުހިންމު މަރުޙަލާއެއް ހީވާގިވޭ: ޚުޠުބާ

279692 3 Ddfc536776a856d7634b5ebf238bf92b7863e354 Medium
STO_Ads
Maldivian_Ads
TTH_Ads
Advertisement

މިއަދުގެ ހުކުރު ޚުޠުބާގައި، ޝަޢުބާން މަހުގެ މަތިވެރިކަމާއި، އެ މަހުގެ އަޅުކަންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ރަމަޟާން މަހަށް ތައްޔާރުވުމުގެ މުހިންމުކަން އިސްލާމީ ދަޢުވަތުދެއްވައިފިއެވެ. ޚުޠުބާގައި ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މުހިންމު މަރުޙަލާއެއްކަން ފާހަގަކުރައްވައި، އެ މަހުގެ އަޅުކަންތަކުގައި ހީވާގިވުމަކީ ރަމަޟާން މަހުގެ އަޅުކަންތަކަށް ލިބޭ އަގުހުރި ތަމްރީނެއްކަމުގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ޝަޢުބާން މަހުގެ ޚާއްޞަކަން ބަޔާންކުރައްވައި، އެ މަހަކީ މީސްތަކުންގެ ޢަމަލުތައް މާތްﷲ ގެ ޙަޟްރަތަށް އުފުއްލެވޭ މަހެއްކަން ފާހަގަކުރައްވައިފިއެވެ. އަދި މި މަހުގައި ގިނަގިނައިން ހެޔޮ ޢަމަލުތައް ކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި، އެއީ ގަސްދަކާ ނުލައި ކުރެވޭ ކުށްތަކުން ސަލާމަތްވުމުގެ ވަސީލަތެއްކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ޚުޠުބާގައި ވޭތުވެދިޔަ އަހަރުގެ ޤަޟާ ރޯދަތައް އަވަހަށް ފުރިހަމަކުރުމަށާއި، ރަމަޟާން މަހަށް ރޭވުންތެރިކަމާއެކު ތައްޔާރުވުމަށް އިރުޝާދު ދެއްވައިފިއެވެ. އަދި ޝަޢުބާން މަހުގެ ފަހު ދެބައިގައި ސުންނަތް ރޯދަ ހިފުމާ ގުޅޭގޮތުން ޝަރުޢީ ޙުކުމްތައް ބަޔާންކުރައްވައި، ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.

HajjCop_ads
Advertisement

ޚުޠުބާ ނިންމަވާލައްވަމުން، ޝަޢުބާން މަހުގެ ބާކީ އޮތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަށް ގޮވާލައްވައި، ގިނަގިނައިން ރަސޫލާއަށް ޞަލަވާތް ކިޔެވުމަށާއި ސުންނަތް ރޯދަ ހިފުމަށް ނަސޭހަތްތެރ ިވެފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big gSc249Cwbpo2unk1Ii8OrHAzr

ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބެންޖެހޭ: ޚުޠުބާ

khuthubaa hukuru

މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން: ޚުތުބާ

khuthubaa hukuru

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ