ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބެންޖެހޭ: ޚުޠުބާ

Big gSc249Cwbpo2unk1Ii8OrHAzr
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށާއި، ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭކަމަށް މިއަދުގެ ޚުތުބާގައި  ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މަޢޫޟޫއަކީ “މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން”އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުކުރު ޚުތުބާގައި ވަނީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމާއި އެއީ ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެއްވާފައެވެ.

އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެއްކަމަށާއި، ކުރާ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަމަށް ޚުތުބާގައިި ވިދާޅުވިއެވެ. އަދި ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަމަށާއި،  އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެ.

މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަން ހަނދާންކޮށްދެމުން ޚުތުބާގައި ވަނީ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އަދި ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށާއި، ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

khuthubaa hukuru

މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން: ޚުތުބާ

khuthubaa hukuru

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ

hukuru khuthuba

ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ޢައުރަ ކަޝްފުކުރުން ހުއްދަކަމެއް ނޫން: ޚުޠުބާ