ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން

khuthubaa hukuru
TTH_Ads
STO_Ads
Advertisement

މާތް اللهގެ ޙަޟުރަތުގައި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ މާތްކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން” މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ މި ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަހެވެ. އަދި ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ބަޔާންކުރައްވައި، ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގައި މާތް الله އެ ދިހަ ރޭ ގަންދެއްވައި ހުވާ ކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

HajjCop_ads
Advertisement

ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهَا أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ) يَعْنِيْ أَيَّامَ الْعَشْرِ، قَالُوْا: يَا رَسُوْلَ اللّٰهِ، وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ؟ قَالَ: (وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَ ٰلِكَ بِشَيْءٍ) މާނައީ: “މި ދިހަ ދުވަހަށްވުރެ، الله ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.” އަޞްޙާބުބޭކަލުން ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! اللهގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާތް اللهގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ.”

މި ދުވަސްތަކަކީ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވަނީ، ނަމާދާއި، ރޯދައާއި، ޞަދަޤާތާއި އަދި ޙައްޖުގެ މަތިވެރި އަޅުކަން ފަދަ އިސްލާމްދީނުގެ މައިގަނޑު އަޅުކަންތައް މި ދުވަސްތަކުގައި ޖަމާވާތީއެވެ.

މި ދުވަސްތަކުގައި ކުރަންވީ މުހިންމު ކަންތައްތައް:
ތައުބާވުން: އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ، ކުށްފާފަތަކުން ދުރުހެލިވުން.

ރޯދަހިފުން: ޚާއްޞަކޮށް ޢަރަފާތް ދުވަހު (ޙައްޖު މަހުގެ 9 ވަނަ ދުވަހު) ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ކަމެކެވެ.

ޛިކުރުކުރުން: ގިނަގިނައިން ތަކުބީރާއި، ތަސްބީޙައާއި، ތަޙުމީދު ކިޔައި މާތް الله ހަނދުމަކުރުން. މީގެ އިތުރުން ޢީދު ދުވަހުގެ ފަތިހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ނިޔަލަށް ފަރުޟު ނަމާދުތަކުގެ ފަހަތުގައި ތަކުބީރު ކިޔުން ހިމެނެއެވެ.

ޞަދަޤާތްކުރުން: މާތް اللهގެ މަގުގައި މުދާ ހޭދަކޮށް، ދަތިކަމުގައި އުޅޭ މީހުންނަށް އެހީތެރިވުން.

އުޟުޙިޔާ ކަތިލުން: ކުޅަދާނަކަން ލިބިގެންވާ މީހާ އުޟުޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

ޙައްޖުގެ އަޅުކަން: ކުޅަދާނަކަން ލިބިގެންވާ މީހާ އިސްލާމްދީނުގެ ފަސްވަނަ ރުކުން އަދާކުރުމަށް އަވަސްވެގަތުން.

ޚުތުބާ ނިންމާލަމުން ވަނީ، މި މަތިވެރި މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ފާފަތަކާއި، ނެތިމޮށުމާއި، ފިތުނަ ފަސާދަ ފަދަ ނުބައި ކަންކަމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ފަރުޟު ނަމާދުތަކަށް ރައްކާތެރިވެ، ދުޢާކުރުމާއި ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމަށް ވެސް އިލްތިމާސްކުރިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ

hukuru khuthuba

ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ޢައުރަ ކަޝްފުކުރުން ހުއްދަކަމެއް ނޫން: ޚުޠުބާ

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ