ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަވާޑް ޔުނިވަރސިޓީގެ ރައީސް ހިމެނޭގޮތަށް އެމެރިކާގައި ހިނގި މަތިންދާބޯޓު ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

Lestalusan Civilrightscorps Kiahduggins E1686160555115
ހަވާޑް ޔުނިވަރސިޓީ ޕްރޮފެސަރ ކިއާ ޑަގިންސް
TTH_Ads
STO_Ads
Advertisement
ހަވާޑް ޔުނިވަރސިޓީގެ ރައީސް ހިމެނޭގޮތަށް އެމެރިކާގައި ހިނގި މަތިންދާބޯޓު ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ

ކެންސަސްއިން އައި އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓެއް ސިފައިންގެ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ހަވާޑް ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ ކިއާ ޑަގިންސް އާއި އެހެން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ ވޮޝިންގްޓަން ޑީސީ ގައެވެ.

64 މީހުން އުފުލައިގެންދިޔަ އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓާއި 3 މީހުން ތިބި ސިފައިންގެ ހެލިކޮޕްޓަރެއް ޖެހުމުން ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާ އަދި ރަޝިޔާގެ މަޝްހޫރު ފިގަރ ސްކޭޓަރުންނާއި، ޒުވާން ޕައިލެޓެއް، ފްލައިޓް އެޓެންޑެންޓުން، އަދި އުފަންދުވަހު ގެއަށް ދަތުރުކުރަމުންދިޔަ ވަކީލެއް ހިމެނެއެވެ.

HajjCop_ads
Advertisement

Ap25031098531334
އެމެރިކަން އެއަރލައިންސް ބޯޓެއް ސިފައިންގެ ހެލިކޮޕްޓަރަކާ ޖެހި ހިނގި ހާދިސާ

ހަވާޑް ޔުނިވަރސިޓީން ދޫކުރި ބަޔާނެއްގައި ވަނީ ޕްރޮފެސަރ ކިއާ ޑަގިންސް މި ހާދިސާގައި މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ޔުނިވަރސިޓީން ބުނެފައިވާ ގޮތުގައި ޕްރޮފެސަރ ޑަގިންސްއަކީ މަދަނީ ހައްގުތަކުގެ ވަކީލެކެވެ. އަދި އޭނާ ވަނީ ޔުނިވަރސިޓީގެ ލޯ ސްކޫލުގައި ކުރިއަށް އޮތް ޓާމުގައި ކިޔަވައިދޭން ހަމަޖެހިފައެވެ.

“އޭނާ އޭނާގެ ކެރިއަރ ހޭދަކޮށްފައިވަނީ ޓެނެސީ، ޓެކްސަސް އަދި ވޮޝިންގްޓަން ޑީސީގައި ޤާނޫނާ ޚިލާފު ފުލުހުންގެ ޢަމަލުތަކާއި އަދުލުވެރިކަމެއް ނެތް ފައިސާގެ ބެއިލް އުސޫލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައެވެ.” ޔުނިވަރސިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ވޮޝިންގްޓަން ޑީސީގައި އަދިވެސް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގުކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

V Vanavaru
Professor maraalan hingi jareemaa eh kamah faahaga kurevey
އ އިދުރީސް
ނުަބައިކަން އިންތިހާއަށް ދިޔައީމާ އަންނާނީ ހުސް ނުރައްކާ، އެކަހަލަ ކަމެއްތިޔައީ
ފ ފާއިޒް
ދެރަ ޚަބަރެއްތިޔައީ

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި