ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ވޮޝިންގްޓަންގައި މަތިންދާބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގައިފި

309744
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ރޭގަން ނެޝަނަލް އެއާޕޯޓު ސަރަހައްދުގައި އާންމު ފަސިންޖަރުން އުފުލާ މަތިންދާބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ޖެހި، ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި، އެމެރިކަން އެއާލައިންސްގެ ފްލައިޓް 5342 އާއި އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ގުޅި، ދެ އުޅަނދު ވެސް އެއާޕޯޓާ ކައިރީގައިވާ ޕޮޓޯމެކް ކޯރަށް ވެއްޓިފައިވެއެވެ. މިހާތަނަށް 18 މީހުންގެ ހަށިގަނޑު އެ ކޯރުން ނެގިފައިވާކަމަށް އެމެރިކާގެ ސީބީއެސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކަން އެއާލައިންސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި ހަތަރު ކްރޫ މެންބަރުން ދަތުރުކުރަމުންދިޔައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރެއްވި ގޮތުގައި، ހެލިކޮޕްޓަރުގައި ތިން ސިފައިން ތިއްބެވިއެވެ.

HajjCop_ads
Advertisement

މި ހާދިސާއާ ގުޅިގެން، ދަތުރުވެރިންގެ އާއިލާތައް ރޭގަން އެއާޕޯޓަށް ޖަމާވެފައިވާއިރު، މަޢުލޫމާތު ނުލިބޭކަމުގެ ޝަކުވާ އާއިލާތަކުން ކުރަމުންދެއެވެ.

މި ފްލައިޓަކީ ވިޗިޓާ، ކެންސަސްއިން ފުރައިގެން ރޭގަން އެއާޕޯޓަށް ދަތުރުކުރަމުންދިޔަ ފްލައިޓެކެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން، އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާކަމަށް ބެލެވެއެވެ.

މި ހާދިސާ ހިނގި ވަގުތުގެ ބައެއް ވީޑިއޯ ފުޅާ ދާއިރާއެއްގައި ޢާންމުވެފައިވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙްޤީޤު ފަށާފައިވެއެވެ. އެމެރިކަން އެއާލައިންސްއިން ވަނީ މި ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އިޢުލާނުކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިބުރާހިމް
ވަރަށް ދެރަ ކަމެއް މިކަހަލަ ކަންތަށް ދިމާވާތީ

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި