ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމަށް އަންނަ ކޮންމެ ތަރައްޤީއަކީ ތިބާއަށް ލިބޭ އުފަލަކާއި ފަޚްރެއް ކަމުގައި ޤަބޫލުކުރައްވަވާ: ރައީސް

Dsc 3999
STO_Ads
TTH_Ads
Advertisement

ޤައުމަށް އަންނަ ކޮންމެ ތަރައްޤީއަކީ ތިބާއަށް ލިބޭ އުފަލަކާއި ފަޚްރެއް ކަމުގައި ޤަބޫލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ރޭ ގޮވާލައްވައިފިއެވެ. މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ އަޒުމަކަށް ވާންވާނީ ޤައުމުގެ ތަރައްޤީގެ ކަންކަމުގައި އެކަތިގަނޑަކަށްވުން ކަމަށެވެ. އަދި ކޮންމެ ރައްޔިތަކީވެސް ޤައުމު ދެކެ ލޯބިވާ، ޤައުމު އިސްކުރާ، ޤައުމީ މީހަކަށް ވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

“ޙަޤީޤީ މާނައިގައި ޤައުމު ކުރިއަރައި ދާނީ، މި ފަދައިން ޤައުމީ ލޯތްބާއެކު ގުޅި، ލާމެހިގެންދާ ހިސާބުން. އަޅުގަނޑުމެންނަށް ފުރިހަމަ ކާމިޔާބީތަކެއް ލިބެން އޮތީ، އެ ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުކުރެވިގެން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިއަދާ ހަމައަށް އައިއިރުވެސް ޤައުމުގައި ހަމަޖެހުން އޮތްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ވަށާޖެހޭ ތަރައްޤީއެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި، އަދުގެ ސަރުކާރުން ފުރިހަމަ ޔަޤީންކަމާއެކު އެ ޙައްޤުތައް ފޯރުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ޤާނޫނުގެ ބޭރުން ކަމެއް ކުރުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން ކަމުގައި އެ މަނިކުފާނު ހަނދުމަކޮށްދެއްވިއެވެ.

“މާތް ﷲގެ އިރާދަފުޅާއެކު ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެދޭ ފަދަ އެކުވެރިކަމާއި، ހަމަޖެހުމާއެކު ތަރައްޤީގެ މިސްރާބުގައި ކުރިއަށްދާ ޤައުމެއްކަން ކަށަވަރުކޮށްދޭނަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އަޅުގަނޑުމެންގެ ތެރޭގައި އެކުވރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދުށުމަށް އިލްތިމާސްކުރެއްވިއެވެ.

“ސަރުކާރުގެ ސިޔާސަތަކީ މިކަން ޔަޤީން ކުރެއްވުން. ޤާނޫނުން ލިބިދޭ ޙައްޤުތައް، ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދެއްވައި، މިކަމުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ޒިންމާ އަދާކުރާނަން. ޤާނޫނުގެ ބޭރުން، ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުޞަތު ނުދޭނަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު އާއެކު ސަރުކާރުގެ އިސް ވަޒީރުންނާއި ހއ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ހއ. އަތޮޅުގެ އެކި ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ކަންބޮޑުވުންތަކާއި ބޭނުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތައް ބެއްލެވުމަށާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުމާއެކު، ރައީސް މުޢިއްޒު މާލެ އަނބުރާ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FB IMG

ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް 50 ފަރާތަކަށް ހަނިމާދޫގައި ތަމްރީން ދީފި

MMA

އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

445gf

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

788

ކުދި ރުކުމަޑި ކޮންޓްރޯލްކުރާ ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ސެންޓަރު ހަނިމާދޫގައި ހުޅުވައިފި