ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެތީ ރީނދޫ ސަމާލު ނެރެފި

6123f245 B5c7 49e5 Ae46 800710838d00
TTH_Ads
STO_Ads
Maldivian_Ads
Advertisement

މޫސުމާބެހޭ ޤައުމީ މަރުކަޒުން (މެޓް) އައްޑޫ ސިޓީއަށް ރީނދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފިއެވެ. މިއީ އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީއެވެ.

މި އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 22:00 ގައެވެ. މީގެ ކުރިން މެޓުން ވަނީ އެ ސަރަޙައްދަށް ހުދު ސަމާލުކަމުގެ އިންޒާރެއް ނެރެފައެވެ.

މިރޭގެ މޫސުމާ ގުޅޭގޮތުން މެޓުން މަޢުލޫމާތު ދެއްވާފައިވަނީ، ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް ވިއްސާރަވެ، ބައރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތް ކަމަށެވެ.

HajjCop_ads
Advertisement

މޫސުމާބެހޭ އިތުރު މަޢުލޫމާތުގެ ތެރޭގައި:
– މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވެއެވެ.
– ވިއްސާރަ ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
– ކަނޑުތައް އާންމު މިންވަރަކަށް ގަދަވެ، ވިއްސާރަ ވިލާގަނޑުގައި އިތުރަށް ގަދަވުމުގެ ފުރުޞަތު އެބައޮތެވެ.

މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު

moosun

އެލްނީނޯގެ އަސަރު އަންނަ އަހަރުގެ ފެބުރުވަރީމަހާ ހަމައަށް ދެމިގެންދާނެ

male city

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ އެލްނީނޯގެ އަސަރު އެންމެ ގަދަވާނީ ނޮވެންބަރުގައި: މެޓް

moosun

މިއަހަރު އެންމެ ހޫނުގަދައީ މިއަދު