ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހިތަދޫއަށް

405806 3 deb76878872660fde127e3eab57846fa754c144d large
TTH_Ads
STO_Ads
Advertisement

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑް ކުރެވުނީ އައްޑޫ ސިޓީގެ ހިތަދޫއަށް ކަމަށާއި އެ ރަށަށް 110 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

މެޓުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސް ވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާ ގުޅިގެން ކުރަމުންދާ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ.

HajjCop_ads
Advertisement

އެންމެ ގިނައިން ވާރޭ ވެހިގެން ރިކޯޑްކުރީ ހިތަދޫއަށެވެ. އެރަށަށް 110 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑްކުރެވުނީ އައްޑޫ ސިޓީގެ ގަމަށެވެ. އެ ރަށަށް 106.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ތިން ވަނައަށް އެންމެ ގިނައިން ވާރޭވެހުނު އއ. ތޮއްޑޫއަށް 103.3 މިލިމީޓަރުގެ ވާރޭވެހުނެވެ.

އައްޑޫގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފުން ވަނީ ޕަމްޕު ޖަހައިގެން ފެން ހިންދަން ވެސް ނިކުމެފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުންޏެވެ.

އެހެންވެ މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ދަރަވަންދޫއަށް

Moosun

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު

Moosun

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހުވެސް ވިއްސާރަކުރާނެ

moosun

އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ: މެޓް